ނަޝީދަށް ދިން ހަމަލާ: ފުލުހުންގެ ޕްރެސް 13:30 ގައި

ޚަބަރު ފަހުގެ

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިއަދު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދުގެ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މެންދުރު 13:30 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިންތާ މަސް ދުވަސް ވެފައިވާއިރު އެ ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދާ ހައްޔަރުކުރެވިފައި ނުވާތީ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ މއ.ފޭރުގެ މުޖާޒް އަހުމަދު، ގއ.ކޮނޑޭ ފޮޅޭމާގޭ ތަހްމީނު އަހުމަދު، ވ.ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދު އަދި ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަސް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު އަންނަވަނީ ޖަރުމަނުގައި ވެސް އިތުރު ފަރުވާ ހޯއްދަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ