ހަނިމާދޫ ސްކޫލްގައި ބިދޭސީން ކިޔަވައިދޭ މާއްދާތަކަށް ދިވެހި މުދައްރިސުން ހޯދުމަށް އިއުލާންކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލްގައި ބިދޭސީން ކިޔަވައިދޭ މާއްދާތަކަށް ދިވެހި މުދައްރިސުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މިއަދު ސަރުކާރު ގެޒެޓްގައި ޝާއިރު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ” މިއީ މި ސްކޫލުގައި ބިދޭސީން ތިއްބެވި މަޤާމުތަކަށް ދިވެހިން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން، ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރ 15/2017 (20 ނޮވެމްބަރ 2017) ސަރކިއުލަރގެ ދަށުން ކޮށްފައިވާ އިޢުލާނެް” ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެއިއުލާނުގައި 20 ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ. އެއީ އިނގިރޭސި އަދި ހިސާބު މާއްދާއަށް ކޮންމެ މާއްދާއަކަށް 3 މީހުން އަދި ބިޒްނަސް ސްޓަޑީޒް، އެކައުންޓް، އިކޮނޮމިކްސް، ފިޒިކްސް، ބައޮލޮޖީ، ކެމިސްޓްރީ، ބީޓެކް-ހޮސްޕިޓަލިޓީ، ސައިންސް، އާޓް އެންޑް ޑިޒައިން، ސޯޝަލް ސްޓަޑީޒް ކޮންމެ މާއްދާއަކަށް 1 ޓީޗަރު، އިއުލާން ކޮށްފައިވެއެވެ. ޕްރައިމަރީ އަދި ކޮމްޕިއުޓަރ ސްޓަޑީޒް އަށް ކޮންމެ މާއްދާއަކަށް 2 ޓީޗަރުން ހޯދަން ވަނީ އިއުލާން ކޮފައެވެ.

މި ހުރިހާ މަގާމްތަކަކީ ދާއިމީ ވަޒީފާތަކެއް ކަމަށް ހަނިމާދޫ ސްކޫލް އިއުލާނުގައި ވެއެވެ.

މަޤާމަށް އެދެންވީ ގޮތާއި މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅަންޖެހޭ ސުންގަޑި ކަމަށް ބުނެފައި ވަނީ 2021 ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހަނިމާދޫ ސްކޫލު އޮފީހުގެ ކައުންޓަރަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@hanimaadhooschool.edu.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެކަންވެސް ހަނިމާދޫ ސްކޫލުން މައުލޫމާތު ދެއްވައެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައި ގަނެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2021 ޖޫން 21 އިން 2021 ޖޫން 24 އާ ދެމެދު ހަނިމާދޫ ސްކޫލްގައެވެ.

އިތުރު މައުލޫމާތަށް ފިތާލާ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ