ކްރޮއޭޝިއާ އަތުން އިންގްލެންޑަށް ހަނި މޮޅެއް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް އިންގްލެންޑުން ކުރި ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗު ފަށައިގެން އިންގްލެންޑުގެ ފަރާތުން އެޓޭކިން މޮޅު ގޭމެއް ފެނިގެންދިޔައިރު، މެޗުގެ ފަސްވަނަ މިނެޓުގައި އެ ގައުމުގެ ޒުވާން ފޯވާޑް ފިލް ފޯޑެން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން މެޗުގެ ނުވަވަނަ މިނެޓުގައި އިންގްލެންޑްގެ ކެލްވިން ފިލިޕްސް އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، މި ހަމަލާގެ ހުރަހަކަށްވީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 57 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފިލިޕްސްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އެކަމަކު މި ލަނޑާއެކު ކްރޮއޭޝިއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އިންގްލެންޑުގެ ހާފަށް ނުރައްކާކުރި ނަމަވެސް، އެ ޓީމަށް އިންގްލެންޑުގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ކްރޮއޭޝިއާ ބަލިކޮށް އިންގްލެންޑުން ފެށުން ރަނގަޅުކުރިއިރު، އެ ގައުމުން ދެން ކުޅޭ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ