ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީ ކުރުން (ލިޔުން 5)

ހަނިމާދޫ އިޖުތިމާޢީ ފަހުގެ

ބޭރުގެ ކުންފިނިތަކަށް ރާއްޖޭގެ ރީޖަނަލް އެއަރޕޯރޓްތައް ހިންގުމަށް އެއަރޕޯރޓް ސަރަހައްދުތައް 50 އަހަރަށް ދޫކުރުމަށް ސަރުކާރު ތައްޔާރު ވަމުންދާ ވާހަކަ!

1 ވަނަ ލިޔުމުގައި އަޅުގަނޑު އަލި އަޅުވާލިހެން، މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިން ފިނޭންސް މިނިސްޓަރ އަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޕަބްލިކް ކުންފުނީގެ ތެރެއިން ބައެއް ކުންފުނި ޕްރައިވަޓައިޒްކޮށް ވިއްކާލުމަށް ސަރުކާރުން ވާހަކަދެކެވެމުންދާ ވާހަކައެވެ. އަދި އެކަމުގެ ސަބަބުން މައިސަރުކާރަށް 4 ބިލިއަން ޑޮލަރު ނުވަތަ ގާތްކުރާ އަދަދެއްގެ ފައިސާ ލިބިގެންދާނެ ވާހަކައެވެ.

އިޝްތިހާރު
އިޝްތިހާރު

މިހެން ވިދާޅުވެފައި ވަނިކޮށް މިވަނީ އިއްޔެގެ ވަގުތެއްގައި އިކޮނޮމިކް މިނިސްޓްރީއިން ރާއްޖޭގެ އެއަރޕޯރޓްތައް ހިންގުން ބޭރުގެ ފަރާތްތަކަށް 100% ހިއްސާއާއި އެކު ހިންގޭނެ ގޮތަށް ގަވާއިދު ބަދަލުކޮށްފައެވެ. ކުރީގެ ލިޔުމުގައި އަޅުގަނޑު ފާހަގަ ކުރިހެން ރީޖަނަލް އެއަޕޯރޓް ކުންފުނި މިހާރުވެސް ވަނީ ވަކި ކުންފުންޏެއްގެ ގޮތުގައި ދައުލަތުން މަސް 2 މަސް ދުވަސް ކުރިން ކަނޑައަޅާ ނިންމާފައެވެ. އަދި ކުރީގެ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިންގ ޑިރެކަޓަރު ރީޖަނަލް އެއަރޕޯރޓްސް ކުންފުނީގެ އެމްޑީ ގެ ގޮތުގައި ކަނޑަ އަޅާފައެވެ.

މިފަދަ މުޢާމަލާތްތަކެއް ސަރުކާރުތެރޭގައި ކުރަމުންދާއިރު ހަނިމާދޫ އެއަރޕޯރޓަށް ބޭނުންވެގެންކަމުގައި ބުނެ ހަނިމާދޫގެ އިިޙްތިޞޯޯޯޞް ތެރޭގައި ޤާނޫނީ ގޮތުން ހިމެނިފައިވާ އިތުރު އެތަކެއް ހެކްޓަރުގެ ބިން ރައްޔިތުންނަށް ބިންބޭނުންވެފާއި ވާ ހިނދެއްގައި އަދި މުސްތަޤްބަލުގައި ޔަގީނުންވެސް ބޭނުންޖެހޭނެ ހިނދެއްގައި ސަރުކާރުން ބޭރުގެފަރާތްތަކަކަށް ބޭނުން ކުރުމަށް އެފަރާތްތަކުން އެދިގެން ދޭން ނިންމި ނިންމުމަކީ ކޮން އުސޫލަކުން ނިންމި ނިންމުމެއްތޯ ސުވާލު ކޮށްލަން ރައްޔިތުން ޖެހެއެވެ.

މީ ވަރަށްވެސް ކަންބޮޑުވުން ހުރި ރައްޔިތުންގެ ޙައްގުތަކާއި ގުޅިފައިވާ މައްސަލައެކެވެ. ހަނިމާދޫގެ ހުރިހާ ޖަމިއްޔާއަކުން ވަނީ ހަފްތާއެއްހާ ދުވަހުގެ ކުރިން ރާއީސްލްޖުމުހުރިއްޔާއަށާއި ރަށުގެ ކައުންސިލަށް މިކަމުގެ ކަންބޮޑުވުން ހިއްސާކޮށް ސިޓީއަކުން ދަންނަވާފައެވެ. އަދި މަޢުލޫމާތު ލިބޭ ގޮތުގައި ކައުންސިލުންވެސް ވަނީ މިރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ޕްލޭނިންގ މިނިސްޓްރީއާއި ހިއްސާކޮށް މި އެދިފައިވާ ބިން ނުހިމަނާ ކުރެވޭނެ ގޮތެއް އޮތްތޯ ބަލާ ދެއްވުމަށް ސިޓީއަކުން ދަންނަވާފައެވެ. އަދި ސަރުކާރުހިންގާ މައިޕާރޓީއަށް ތާއީދު ކުރާ ހަނިމާދޫގެ ބަޔެއް ޒުވާނުންވެސްވަނީ މި ދައިރާގެ މަޖްލީހުގެ އިޒަތްތެރި މެމްބަރު ގަފޫރާއި ފޯނުން މިކަމުގެ ނުތަނަވަސްކަން ހިއްސާ ކޮށްފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ރައްޔިތުންނާއި ކައުންސިލް އަދި ރަށުގެ ޖަމިއްޔާތަކުގެ ކަންބޮޑުވުން މިކަމުގައި އޮތަސް ކޮންސެޕްޓް ކުރެހުމާއި އެއްގޮތަށް ކުރިޔަށް އޮތް ފޭސްތަކަށް ބިން ބޭނުންވާނެ ކަމަށްބަލާއި އެބިން ނުހިމަނާ ނުވާނެ ކަމަށް މިނިސްޓްރީންވަނީ މި ދިޔަ ހަފްތާގެ ތެރޭގައި ކައުންސިލަށް ސިޓީއަކުން އަންގާފައެވެ.

ވީމާ ސުވާލަކީ ކައުންސިލްގެ އިިޙްތިޞާާާާާޞް ކަނޑައަޅާއި ލާމަރުކަޒީ ޤާނުނެއް ހަދާ ދައުލަތުގެ މާލިއްޔާއިން އެތަކެއް މިލިޔަން ހަރަދު ކޮށް ކައުންސިލް އިންތިހާބެއް ބާއްވާ 4ވަނަ ދައުރަކަށް ކައުންސިލްތަކަކަށް ކައުންސިލަރުން މި ހޮވީ ކީއްކުރަންތޯއޭ ރައްޔިތުންގެ ވިންދާއި އިހްްސާސާއި އެއްގޮތަށް މަސައްކަތް ނުކުރެވޭޭނެގޮތައް ސަރުކާރުން އަތާއި އަނގަ ބަންނަނަމަ؟

އަދި މިއަދާ ހަމައަށްވެސް ސަރުކާރުގެ ވުޒާރާއަކުން ރައްޔިތުންގެ ސުވާލުތަކަށް އިޖާބަދީފައި ނުވާކަން ފާހަގަ ކޮއްލަމެވެ. އަދި މި ޕްރޮޖެކްޓުގެ ސީދާ ޕްލޭނިންގ ރައްޔިތުންނާއި ހިއްސާ ކޮށްފައި ނުވާކަން ފާހަގަ ކޮށްލަންޖެހެއެވެ. ބޭރުގެ ކުންފުންޏަކުން އެއަރޕޯރޓް ހިނގުމުން ލިބެނީ އުތުރުގެ ރައްވެހިންނަށް ކޮންފައިދާއެއްތޯވެސް މިހާރު ގަވާއިދަށް ގެނައި ބަދަލާއެކު ސުވާލު ކޮށްލަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ