މުންކަރާތްތައް މަނާކުރަން ހުރަސް އެޅޭ ގޮތަށް އޮތް ބިލު ބަލައިގަތީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާގެ ވެސް ތާއީދާއެކު

ހަނިމާދޫ ޚަބަރު ފަހުގެ

މުންކަރާތްތައް މަނާކުރަން ހުރަސް އެޅޭ ގޮތަށް އޮތް ބިލު މަޖިލީހަށް ބަލައިގަތުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާއީދުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލުސާގައި ވަނީ ސަރުކާރުގެ ފަރާތުން ހުށައެޅި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުއްވީ، ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިންއެވެ.

ހަނިމާދޫ ދާއިރާގެ ގިނަ ރައްޔިތުން އަދި ގިނަ ދިނީ އިލްމުވެރިން އެބިލަށް ނުރުހުން ފާޅު ކުރައްވަނިކޮށް އެބިލް ބަލައިގަތުމަށް މެންބަރު ޢަފޫރު މިވަނީ ރުހުން ދެއްވައިފައެވެ.

މިބިލާ ދެކޮޅަށް ބައެއް ކައުންސިލުތަކުން ނުރުހުން ފާޅުކޮށްފައިވެއެވެ. ނަމަވެސް އެމް.ޑީ.ޕީގެ 4 މެންބަރުން ތިއްބަވާ ހަނިމާދޫ ކައުންސިލުން މިބިލާ މެދު ބަހެއް ވިދާޅުވެފައިނުވެއެވެ.

މެންބަރު ޢަފޫރުގެ ރުހުން ހިމެނޭހެން މި ބިލް ކޮމިޓީއަށް ފޮނުއްވުމަށް 38 މެންބަރަކު ވޯޓު ދެއްވި އިރު، މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ.

އެމް.ޑީ.ޕީގެ ފަރާތުން މިފަދަ ބިލެއް ހުށަހަޅައި ގިނަ އަދަދެއްގެ އެޕާޓީގެ މެންބަރުންގެ ތާއީދާއެކު ބިލު ބަލައިގަނެފައިވާއިރު، މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމް.ޑީ.އެންގެ ފަރާތުން އާއްމުކުރި ރިޕޯޓާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެމް.ޑީ.ޕީގެ މެންބަރުންވަނީ ބޭރުކޮށްލާފައެވެ. އެ މައްސަލަ ބޭރުކޮށްލަން ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި މެންބަރު ހިސާން ހިމެނެއެވެ.

އެހެންކަމުން، މި ހުށަހެޅި އިސްލާހަކީ ސީދާ އެފަދަ ލާދީނީ ފަރާތްތައް ހިމާޔާތްކުރުމަށް ހުށަހެޅި ބިލެއްކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ