ކްރޮއޭޝިއާއިން ޗެކް ރިޕަބްލިކް އަތުން އެއްވަރު،

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހުކުރު ދުވަހުގެރޭ ގްލާސްގޯގެ ހެމްޕްޑެން ޕާރކްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 23 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް އަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ ޗެކް ރިޕަބްލިކްގެ ކީޕަރު ވަނީ ދިފާއު ކޮށް ގޯލް ސަލާމަތްކޮށްފައެވެ. މެޗުގައި ޗެކް ރިޕަބްލިކުން ލަނޑެއް ޖަހާ ލީޑު ނެގީ މެޗުގެ 37 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެތްރިކް ޝިކްއެވެ. މިއީ ކްރޮއޭޝިއާ ކުޅުންތެރިން އޭރިއާ ތެރެއިން ޝިކްއަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

މިމެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު ކްރޮއޭޝިއާއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 47 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެރިސިޗް އެވެ. މި ލަނޑަށްފަހު ވެސް ކްރޮއޭޝިއާއިން ވަނީ ޗެކް ރިޕަބްލިކްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ބްރޫނޯ ޕެޓްކޮވިޗް އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެ. އެނާ ފޮނުވާލި ހަމަލާ ޗެކް ރިޕަބްލިކްގެ ޑިފެންޑަރުން ވަނީ ދިފާއު ކޮށްފައެވެ.

މި ނަތީޖާއާއެކު ޗެކް ރިޕަބްލިކަށް ވަނީ ކުޅުނު ދެ މެޗުން 4 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އިންގްލެންޑަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ކްރޮއޭޝިއާއިން އޮތީ ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ފުލުގައި އޮތް ސްކޮޓްލެންޑަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ