ހަނިމާދޫއިން ކޯވިޑަށް އިތުރު 9 މީހުން ޕޮޒިޓިވްވެ، އެކްޓިވްކޭސް 39 އަށް

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހދ. ހަނިމާދޫއިން އިތުރު 9 މީހަކު ކޯވިޑަ-19 އަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 39 އަށް އަރައިފިއެވެ.

ހަނިމާދޫއިން ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ނެގި 59 ސާމްޕަލް ގެ ތެރެއިން 09 ސާމްޕަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެއީ ޑައިރެކްޓް ކޮންޓެކްޓްވީ 6 ފަރާތަކާއި ރޯގާގެ އަލާމާތް ހުރެގެން ޓެސްޓުކުރި ދެ ސާމްޕަލަކާއި ރެންޑަމް ސާމްޕަލެކެވެ.

ހަނިމާދޫ ވަނީ މި މަހުގެ ނުވަވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ