އިންޑިއާ އިން ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން

ޚަބަރު ފަހުގެ

ބައެއް މާއްދާތާ ކިޔަވައިދިނުމަށް އިންޑިއާ އިން ޓީޗަރުން ގެނެސްފައިވަނީ ދިވެހ ޓީޗަރުން އެ މަގާމުތަކަށް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ކެރެލާ އިން ވަނީ ފަސް އަރަބި ޓީޗަރުންނާއި، ފަސް ގުރުއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލެއްގައި ކިޔަވައިދިނުމަށް ގެނެސްފައެވެ. މި ޓީޗަރުން ގެނެސްފައިވަނީ އިންޑިއާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އެގައުމުގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކޮށް ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން އެ އެޖެންސީން މިދިޔަ އަހަރުގެ ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށެވެ.

އަދި މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއި ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

“ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައެވެ” އެ ބަޔާނުގައި ވެއެވެ.

މި މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ