ކޮވިޑް ޖެހިގެން މީހަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ހއ.ދިއްދޫން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެއްޖެއެވެ.

ދިއްދޫން ނިޔާވީ އެރަށުގެ އެކުވެރި ޓެއިލާސް މަސައްކަތް ކުރާ ބަންގްލަދޭޝް މީހެކެވެ. އޭނާ އަކީ އިއްޔެ ދިއްދޫން ކޮވިޑަށް ފައްސިވި މީހާ އާއި ގާތުން ބައްދަލުވި މީހެކެވެ. އިއްޔެ ދިއްދޫން ކޮވިޑަށް ފައްސިވީ ބޯކޮށާތަނެއްގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑް ޖެހިގެން ދިއްދޫން މިހާތަނަށް ދެމީހަކު ވަނީ ނިޔާވެފައެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މިހާރު އެމީހާ ވަޅުލުމުގެ ކަންކަންް ދަނީ އޮންނަ އުސޫލުގެ ތެރެއިން ކުރަމުންނެވެ. އެނގިފައިވާގޮތުން އޭނާ ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ކަރަންޓީންގައި ނެތް މީހަކު ދިއްދޫން ކޮވިޑަށް ފައްސިވުމުން އެރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ