ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެއިން ޓެކްސީއެއް ބަލައި ފާސްކޮށް ބަނގުރާ ދަޅުތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭ 12:10 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގުކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ