ހަނިމާދޫ އެއަރޕޯޓަށް އިތުރުކުރާ ބިމާއިބެހޭ ގޮތް ނިންމުމަށް ތިންވަނަ ފަހަރަށް ހަނިމާދޫ ކައުންސިލުން ތާވަލު ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ އެއަރޕޯޓަށް އިތުރުކުރާ ބިމާއިބެހޭ ގޮތް ނިންމުމަށް ތިންވަނަ ފަހަރަށް ހަނިމާދޫ ކައުންސިލުން ތާވަލު ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 07 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ރިޔާސަތުން ހުށައަޅުއްވާ މައްސަލައެއްގެ ގޮތުގައި “މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު : : 431DNPS2/258/2021/7 ސިޓީ ކައުންސިލުން ގޮތެއް ނިންމުން ” ކަމަށް ބަޔާން ކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މާދަމާ ކައުންސިލް ބައްދަލުވުން ބާއްވާއިރު، ޖޭޕީގެ ފަރާތުން ކައުންސިލަށް ހޮވިފައިވާ ކައުންސިލް މެންބަރ ހާރިސާ މުޙައްމަދު ހުރީ ކަރަންޓީނުގައެވެ. މީގެ އިތުރުން ރަށުގެ ގިނަ ޒުވާނުންތަކެއް ވަނީ މީސް މީޑިއާގައި ބިން ދިނުމާއި ދެކޮޅަށް ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ. ރަށުގެ ބިމުން އެންމެ އިންޗި އެއްވެސް ދޭން ދެކޮޅު ކަމަށް ފޭސްބުކްގައި ސްޓޭޓަސް ތަކުގައި ފެންނަމުން ދެއެވެ. އަދި ބިން ދިނުމާއި ދެކޮޅަށް ޕެޓިޝަނެއް އެކުލަވާލައި އޭގައި ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރަމުން އެބަދެއެވެ.

ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ވަނީ ހަނިމާދޫ އެއަރޕޯޓަށް އަލަށް އިތުރުކުރާ ބިމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް ކައުންސިލުން ނިންމަވައިފިއެވެ.

ނަމަވެސް މިހާތަނަށް އައިރުވެސް ރައްޔިތުނަން ބިމާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ