އިލްހާމްގެ ކަދުރާގެ އޮޕަރޭޝަނެއް ކުރަނީ

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ހަށިފާރަވެރިޔާ އިލްހާމް އާދަމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.

ހުސްވި މެއި މަހު ރައީސް ނަޝީދުގެ ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގާއި މަޖީދީ މަގުގެ ކަންމަތީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ބޮން ގޮއްވާލި އިރު އެމަނިކުފާނާ އެންމެ ގާތުގައި ހުންނެވި އެކަކީ އިލްހާމެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އޭނާއަކީ ބޮން ގޮއްވާލުމާ އެކު ރައީސް ނަޝީދު ބިންމަތިން ނަގައި ކާރަށް އެރުވި މީހާ އެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ވިދާޅުވީ، އިލްހާމްގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާތީ މާދަމާ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ބްރީޗްވި ގޮތް ހޯދުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށްވެސް އިލްހާމް ވަނީ ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ