ކުޅުދުއްފުށީ ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި

ޚަބަރު ފަހުގެ

19 ދުވަސް ފަހުން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ކުޅުދުއްފުށީ ސިޓީގައި މޮނިޓަރިންގެ ހާލަތު އިޢުލާންކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެއީ އެރަށުން މާލެ ދަތުރު ކުރާ ބޯޓެއްކަމުގައިވާ ސީކްއީން ފަޅުވެރިޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސީކްއީން ބޯޓުން ފައްސިވި މީހާއާ ގުޅުން ހުރި ދެ މީހަކު އެރަށުން ބައްޔަށްވަނީ ފައްސިވެފައެވެ. އަދި އޭގެ ފަހުން ބަހާދަރު ބޯޓާއި ބާދުޝާހް ބޯޓްގެ ފަޅުވެރިޔަކުވެސް ބައްޔަށް ފައްސިވިއެވެ. ކުޅުދުފުށީގައި މިވަގުތު ބަލިޖެހިފައި ތިބީ 5 މީހެކެވެ. ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުންވަނީ މޮނިޓަރިންގެ ހާލަތުން ރަށް ނެގި ކަމުގައިވިޔަސް ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ ރަށު ތެރޭގައި ބަލި އޮތްތޯ ބެލުމަށް ނެގި ރެންޑަމް ސާންޕަލްތަކުން މީހަކު ބައްޔަށް ފައްސިވެފައިނުވާތީ، ރަށުގައި ބަލި ނުފެތުރޭކަން ޔަގީންވުމުންނެވެ. ރޭންޑަމް ސާމްޕަލުގެ ގޮތުން 1200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ