ވޭވަށު ބަދަރުގެ ބޮޑުބައި ނިންމައި، ހާބަރު ބްރިޖުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ 88 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހާބަރު ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން 66،831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރު ތޮއްޓަކާއި 380 މީޓަރުގެ އެއްގަމުތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގު ބައްތި ހަރުކުރުމާއި 1،880 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

މި މަޝްރޫއަކީ 48.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ