ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60އިންސައްތަ ނިމިއްޖެ

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އިޝްތިހާރު
އިޝްތިހާރު

ާމި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގު މަސައްކަތްތައް ކަމަށްވެސް އެކުންފުނިން އިތުރަށް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެ އިތުރުން އޯޕީޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 30.3 މިލިއަން ރުފިޔާއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަކީ ބޮޑު ތިލަދުންމަތީގެ ގިނަބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ޓަކައި ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއް ކަމުން ސަރުކާރުން އެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރަށްވާނެކަމަށް ވައުދު ވެވަޑައިގަނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ