ބްރެޒިލާއި ޕެރޫ ސެމީއަށް

ކުޅިވަރު ފަހުގެ

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާއި ޕެރޫ ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް ބްރެޒިލުން ހޯދީ ހޮނިހިރު ދުވަހުގެ ފަތިހު ކުޅުނު ކުއާޓާ ފައިނަލް މެޗުން ޗިލީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާއިރު، ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ބްރެޒިލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޫކަސް ޕަކޭޓާއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ބްރެޒިލުގެ ގަބްރިއެލް ޖީސޫސްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ޗިލީގެ މެނިއާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މީގެ އިތުރުން ސެމީގެ ފުރަތަމަ ޖާގަ ޕެރޫ ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، 3-3 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ޕެރޫ ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

މިއާއެކު ސެމީގައި ބްރެޒިލާއި ޕެރޫ ބައްދަލުކުރާއިރު، މި ދެ ޓީމު ވަނީ ގްރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފައެވެ. އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިިޔާބުކުރީ ބްރެޒިލުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ