ހަނިމާދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވާތާ ދެ ދުވަސް!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން އެއްވެސް މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ނުވާކަން ހަނިމާދޫ ސިއްހީ މަރުކަޒުންގެ ތަފާތު ހިސާބު ތަކުން ހާމަވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ތަފާތު ހިސާބުތަކަށް ބަލާއިރު އިއްޔެ ހާމަކޮށްފައިވާ ގޮތުން 60 ސާމްޕަލްގެ ތެރެއިން 59 ސާމްޕަލްގެ ނަތީޖާ ނެގެޓިވްއެވެ. އަދި އެއް ސާމްޕަލްގެ ނަތީޖާ އަދި ކަށަވަރު ނުވާކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި މިރޭ ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 22 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 26 އެވެ. މިހާތަނަށް ކޮވިޑް 19 ޖެހިފައިވަނީ 99 މީހުންނަށެވެ. އޭގެތެރެއިން 73 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް 19 ޖެހިގެން ހަނިމާދޫގައި މިހާތަނަށް މީހަކު މަރުވެފައި ނުވެއެވެ.

ހަނިމާދޫ ވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ