ރިސޯޓް މުވައްޒަފުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތައް ރައީސް ނިންމަވައިފި

ޚަބަރު ފަހުގެ

ރިސޯޓް މުވައްޒަފުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

މިކަން ހާމަކޮށް މިއަދު ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓު މުވައްޒަފުން ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރުޓެސްޓުން ފާސްވެގެން ކަރަންޓީނުވާން ނުޖެހި ރިސޯޓްތަކާއި ރަށްރަށަށް ދެވޭނެ ގޮތައް ރައީސް ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ރިޒޯރޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރުޓެސްޓުން ފާސްވެގެން ކަރަންޓީނުވާން ނުޖެހި (މޮނިޓަރިންގަ އޮންނަ ރިޒޯރޓިު/ރަށް ފިޔަވާ ) ރަށަށް ދެވޭގޮތައް ރައީސް ޞާލިޙް ނިންމެވީތީ އުފާކުރަން.” – ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތައް ރައީސް ލުއި ދެއްވާފައި މިވަނީ އެ ސިނާޔަތުގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންވާން ޖެހޭތީ ރަށްރަށަށް ނުދެވި ތިބޭތާ ގިނަ ދުވަސްތަކެއްވެ އެމީހުންގެ ޝަކުވާ ގިނަވެފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭގެ އުސޫލު މިހާރު އޮންނަ ގޮތުން ޗުއްޓީއަށް މުވައްޒަފުން ދާއިރު ވެކްސިން ފުރިހަމަކޮށްފައިވިނަމަވެސް 14 ދުވަހަށް ކަރަންޓިނުވާން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރިސޯޓު މުވައްޒަފުންގެ 70 އިންސައްތަ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި ބައެއް ރިސޯޓުތަކުގެ 100 އިންސައްތަ މުވައްޒަފުން ވަނީ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ