ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގައިފި

ޚަބަރު ފަހުގެ

ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން މިވަގުތު ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން އިއްޔެ ވަނީ ވެކްސިން ފުރިހަމަ ކޮށް، 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ވެކްސިންގެ ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންގެ ތެރެއިން މާލެއިން ރަށްރަށަށް ގޮސް، މިވަގުތު ހޯމް ކަރަންޓީނުގައި ތިބި މީހުންނާއި އެ މީހުންނާ އެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންވެސް ކަރަންޓީނުން ދޫކޮށްލަން އަންގައިފަ އެވެ.

ނަމަވެސް އެމީހުން ދޫކޮށްލަން އަންގާފައި ވަނީ ނެގެޓިވް ނަތީޖާއަކާއެކު އެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ މީހުން، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި ނަމަ، ކަރަންޓީނުގެ ހަތް ދުވަސް ފުރިހަމަ ކޮށްފައިވާ މީހުންވެސް ނެގެޓިވް ނަތީޖާއަކާއެކު ދޫކޮށްލަން ނިންމާފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

ނަމަވެސް އެމީހުންނަކީ ޑަބްލިޔުއެޗްއޯ އިން ކޮވިޑް އިމަޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައިވާންޖެހެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ