އީދުގައި ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބާއްވަން އެދެފި

ޚަބަރު ފަހުގެ

އީދު ފާހަގަކުރަން ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބާއްވަން އެޗްޕީއޭ އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމުގަ އާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅައި، މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެދިފައެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު، ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

“ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން. އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހުތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން،” އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށްވެސް އެދިފައެވެ. އަދި ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ޕާކްތަކާއި މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން ވެސް އެދިފައެވެ.

މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމަށާއި ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމަށް އެދިފައެވެ. އަދި ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ