މި މަހުގެ 28 އާއި 29 ވެސް ސަރުކާރު ބަންދު

ޚަބަރު ފަހުގެ

މި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި މަހުގެ މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އޮފީހުން ބުނީ ރައީސް މިގޮތަށް ހަމަޖައްސަވައިދެއްވީ އަލްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖެއްސުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.

ރައީސް މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އޮގަސްޓު 1 ވާ އާދީއްތަ ދުވަހުއެވެ.

މީގެ އިތުރުން ރައީސް ވަނީ 18ވާ އާދިއްތަ ދުވަހާއި 25 ވާ އާދިއްތަ ދުވަހަކީ ސަަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފައެވެ.އެވެ.

މި ދުވަސްތަކާއެކު އީދު ބަންދާއި މިނިވަން ދުވަހަށް ޖުމްލަ 16 ދުވަސް ބަންދުގެ ގޮތުގައި ލިބޭނެއެވެ.

ކަލަންޑަރު ބުނާ ގޮތުން ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އަދި 20 ވަނަ ދުވަހަކީ އަލްހާ އީދު ދުވަހެވެ. އޭގެ ފަހަށް ތިން ދުވަސް އެއީ އީދުގެ މުނާސަބަތުގައި ބަންދު ދުވަސްތަކެކެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެ ދުވަސްވެސް އެއީ ބަންދު ދުވަހެކެވެ. 27 ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. އެހެން ކަމުން ރަސްމީ ދުވަސްތަކަށް ވަނީ މިމަހުގެ 28 އާއި 29 އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ