ޢީދު ބަންދުގައި ކުޅުދުއްފުށީ ހޮސްޕިޓަލުން ހިދުމަތްދޭ ދުވަސްތައް އާންމުކޮށްފި

ޚަބަރު ފަހުގެ

1442 ވަނަ އަހަރުގެ އަޟްހާ ޢީދު ބަންދުގައި ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގެ އޯޕީޑީގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތާއި ޕަބްލިކް ހެލްތު ޔުނިޓުގެ ޙިދުމަތްތައް ފޯރުކޮށްދޭނޭ ދުވަސްތައް އާންމުކޮށްފިއެވެ.

އެގޮތުން އެހޮސްޕިޓަލުން ބުނީ، އޯޕީޑީ ޙިދުމަތަށް ހުޅުވޭ ދުވަސްތަކަކީ، 17 ޖުލައި 2021 (ހޮނިހިރު)، 18 ޖުލައި 2021 (އާދީއްތަ)، 22 ޖުލައި 2021 (ބުރާސްފަތި)، 25 ޖުލައި 2021 (އާދީއްތަ) އަދި 28 ޖުލައި 2021 (ބުދަ) ގެ އިތުރުން 31 ޖުލައި 2021 (ހޮނިހިރު) އެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ޕަބްލިކް ހެލްތު ޔުނިޓް ހުޅުވޭ ދުވަސްތަކަކީ، 18 ޖުލައި 2021 (އާދީއްތަ) އަދި 22 ޖުލައި 2021 (ބުރާސްފަތި) ގެ އިތުރުން 25 ޖުލައި 2021 (އާދީއްތަ) އެވެ.

އަދި މިނޫން ދުވަސްތަކުގައިވެސް އިމަޖެންސީކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ލިބެމުންދާނެކަމަށްވެސް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލެ ސަރަހައްދުގެ ހޮސްޕިޓާތައް ނެގުމަށްފަހު އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ