ބީއެމްއެލްއިން ޙިދުމަތްދޭނީ ހެނދުނު 8:30އިން 2:00އަށް

ޚަބަރު ފަހުގެ


އަންނަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްއިން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށްކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ 5 ޖުލައިން 9 ޖުލައިގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށްކަމަށެވެ. އަދި ބެންކުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައްކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މާލޭ ސިޓީގައި ގާއިމް ކޮށްފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮންމެ ދުވަހަކުވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލާނެއެވެ.

އީމެއިލް މެދުވެރިކޮށް އޮންލައިންކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި، މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި، ލޯކަލް ބޭންކް ޓްރާންސްފަރ ކުރުމާއި، މީރާއަށް ފައިސާ ދެއްކެމުގެ އިތުރުން ޕީއޯއެސްގެ ހިދުމަތަށް އެދި ހުށަހެޅުން ހިމެނެއެވެ.

ބީއެމްއެލް ހުޅުވިނަމަވެސް ނަގުދު ފައިސާ ޖަމާކުރުމާއި ޗެކު ޖަމާކުރުމުގެ ޙިދުމަތްދޭނީ ހަމައެކަނި އޭޓީއެމް މެދުވެރިކޮށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ