މިއަދު މިވަނީ އިސްލާމްދީނަށްޓަކައި ޤުރުބާންވާނެ މީހުންނަށް ބޭނުންޖެހިފައި: ޢީދު ޚުޠުބާ

ފަހުގެ ދީން

މިއަދު މިވަނީ އިސްލާމްދީނަށްޓަކައި ޤުރުބާންވާނެ މީހުންނަށް ބޭނުންޖެހިފައި: ޢީދު ޚުޠުބާ

އިސްލާމް ދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް މިއަދު ބޭނުންވެފައިވާ ކަމަށް އަޟްހާ އީދު ހުތުބާގައި ބުނެފި އެވެ.

އިޝްތިހާރު
އިޝްތިހާރު

ހުތުބާގައި ބުނީ އިބްރާހީމްގެފާނުގެ އިމްތިހާނުން އިސްލާމީ އުއްމަތް މިއަދު އިބުރަތް ހާސިލުކުރަން ވެއްޖެ ކަމަށާއި އެގޮތުން އެ އިމްތިހާނުގައި އެ ކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި ﷲގެ އަމުރުފުޅަކަށްވާތީ ބައްޕާފުޅަށް ކިޔަމަންވެވަޑައިގެން ގޮތުން ފިލާވަޅު ދަސްކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މިއަދު ފެންނަމުން ދަނީ އިސްލާމް ދީނަށާއި ކީރިތި ޤުރުއާނަށް ފާޅުގައި އިހާނެތިކޮށް ހިތައި، ނަބިއްޔާއަށް ފުރައްސާރަކޮށް، މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަތަން ކަމަށެވެ. އަދި އިސްލާމް ދީން ވަނީ އެ ދީނުގެ ވަތަނުގައި ބީރައްޓެހިކޮށް، ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް އަޑު އުފުލަމުންދާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުންދާ އިރު، އެމީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމް ދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް މިއަދު ބޭނުންވެފައިވާ ކަމަށެވެ.

އެގޮތުން މި އީދުން އާ ސަފުހާއެއް ހުޅުވާލުމަށް އިލްތިމާސްކޮށް ހުތުބާގައި ވަނީ، އެ ސަފުހާގެ ތެރެއިން މި ހާލަތު ރަނގަޅު ކުރެވޭތޯ މުޅި ހަޔާތުގެ އަމާޒަކީ ދީން ކަމުގައި ހެދުމަށް ގޮވާލައިފަ އެވެ. އަދި އީދު ދުވަހު އާ ހެދުން ލައި ޒީނަތްތެރިވުމުން ރަމްޒު ކޮށްދެނީ ހަށިތަކެކޭ އެއްފަދައިން އަމަލުތައްވެސް ޒީނަތްތެރިކުރަންޖެހޭ ކަން ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ