އަދުހަމް ހުރީ ޖާނުން ފިދާވެގެން ވެސް ނަޝީދުގެ ފުރާނަ ނަގާލަން ތައްޔާރަށް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ޕްރައިމް ސަސްޕެކްޓް އަދުހަމް އަހުމަދު ރަޝީދު ހުރީ ޖާނުން ފިދާވެގެން ވެސް ނަޝީދުގެ ފުރާނަ ނަގާލަން ހަމަލާދޭން ތައްޔާރަށް ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ތަހުގީގު ހޯދުން ތަކުން މި ހަތަރު މީހުންގެ ތެރެއިން އަދުހަމް ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށާއި އަދި އަދުހަމް ހުރީ ޖާނު ގޮއްވާލައިގެން ނަމަވެސް އެ ހަމަލާ ދޭން ތައްޔާރަށް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ސީޕީ

އަދި ތަހުމީނަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތް ކަމަށާއި އޭނާ ސައިކަލްގައި ބޮން ހަރުކުރުމަށް ވެސް އެހީތެރިވެދީފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި އެއާއެކު އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށެވެ.

އަދި މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނަކީ އައިއެސް ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެގޮތުން އެމީހުން ދިވެހި ދައުލަތް ގަބޫލުނުކުރާ ކަމަށާއި އެ މީހުން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ