ނަޝީދަށް ދިން ހަމަލާ ރޭވި އެންމެ އިސް މީހާކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ުރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާ ރޭވި އެންމެ އިސް މީހާ މިއަދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ުފުލުހުންނާއި ޕީޖީ ގުޅިގެން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާ ރޭވި އެންމެ އިސް މީހާކަމަށް ބެލެވޭ މީހާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކުރީ އައްޑޫ ސިޓީން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބައްދަލުވުގައި ދެއްކެވި ވާހަކައިގައި ޙަމީދު ވިދާޅުވީ ހަމަލާ ދިނުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި މީހުންނަށް ވިސްނުވައިދީ، ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހއ.ހޯރަފުށީ އަލަނާސިގޭ މުޙައްމަދު ތަސްލީމު ކަމަށެވެ.

ތަސްލީމަކީ ބޮމެއް ހަދަން އުޅެނިކޮށް 2017 ވަނަ އަަހަރު ހައްޔަރުކުރި މީހެކެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައި ކޯޓުން އޭނާ ދޫކޮށްލިއެވެ. އެ ގޮތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެކަމަކު ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ