ކުޅުދުއްފުށީ ސިޓީ އިތުރު ބަޔަކު ޕޮޒިޓިވްވެ، ޖުމްލަ ކޭސްތަކުގެ އަދަދު 14 އަށް އަރައިފި

ޚަބަރު ފަހުގެ

އިތުރު ބަޔަކު ޕޮޒިޓިވްވުމާ އެކު ކުޅުދުއްފުށީ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު އެބައޮތް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ފުލޫ އޯޕީޑީއިން އިއްޔެ އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު ކަމަށާއި އަދި މިވަގުތު ފުރަބަންދުގެ ތިން ޕޮޒިޓިވް ކޭސްއާއެކު ޖުމްލަ ކޭސްތަކުގެ އަދަދު 14 އަށް އަރާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މިވަގުތު ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު އޮތުމާއެކު އެއްވެސް އަލާމާތެއް ފާހަގަވާނަމަ ލަސްނުކޮށް ސާމްޕަލް ނަގަން އައުމަށް ހޮސްޕިޓަލުން ބުނެއެވެ. ނުވަަތަ 7606688 އަށް ގުޅައި ނުވަތަ އެސްއެމްއެސް ކުރުމަށް ވެސް ވަނީ އެދިފައެވެ.

ހުމާއި ރޯގާގެ އަސަރު ހުރެގެން ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ޕޮޒިޓިވްވެ ކުޅުދުއްފުށި މިދިޔަ ހޮނިހިރު ދުވަހު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. އަދި އެ ރަށުގައި އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ވެސް ހިންގަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ