115975 ރުފިޔާ ޚަރަދުކޮށް ހަދާފައިވާ ޕިކްނިކު އޭރިޔާ ” ހަނިހޭޅި” ހުޅުވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތުން 115975 (އެއްލައްކަ ފަނަރަ ހާސް ނުވަސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ރުފިޔާ ޚަރަދުކޮށް ހަދާފައިވާ ޕިކްނިކު އޭރިޔާ ” ހަނިހޭޅި ” ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕިކްނިކް އޭރިޔާ ވަނީ ކައުންސިލުން އެދުނު ހުރިހާ ކަމެއް ފުރިހަމަކޮށް މިދިޔަ އޭޕްރިލް މަހުގެ ކުރީކޮޅު ކައުންސިލާ ޙަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔެ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އެތަން ހުޅުވާ ދެއްވާފައި ވަނީ ކައުންސިލްގެ އަންހެނުނަން ޚާއްޞަ ގޮނޑިއަށް ހޮވިފައިވާ އެމްޑީޕީ މެންބަރު ނާޒިޔާ ހަސަން އާއި ހަވީރުގައި ބައިވެރިވި ކުދިންގެ ތެރެއިން ރެންޑަމްކޮން ނެގުނު ކުޑަކުއްޖަކާއި އެކު ކޭކެއް ފެޅުމާއެކުއެވެ.

ހަނިހޭޅި ހުޅުވުމަށްފަހު އެ ސަރަހދުގައި ކުޑަކުދިގެ ހަވީރެއް ކުރިއަށްދިޔައެވެ. ހަވީރުގައި މިއުޒިކަލް ޗެޔާ، އޮބްސްޓިކަލް ރޭސް، ހަން ފެޅުން، ކުރިއަށްދިޔައެވެ. އެކަށީގެންވާ ވަރަށް ވައި ނުޖެހުމުން ކައިޓް ސާފިންގެ ހަރަކާތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.

އެއްވެފައިވާ ބައިވެރިންނާއި މުޚާޠަބުކޮށް ކައުންސިލްގެ ނައިބުރައީސް ފިރާގް ވަނީ ހަނިހޭޅި ރަސްމީކޮށް މިހުޅުވުނީ ކަމަށާ، ސަރަހައްދުގެ ސާފުތާހިރު ކަމަށް އިސްކަންދީ، ޑަސްބިންތަކަށް ކުނިއެލުމާއި ދަނޑުގައި ހުރި އެެއްޗެއްސަށް އެއްވެސް ވަރަކަށް ގެއްލުން ނުދިނުމަށް ގޮވާލާފައެވެ.

އަދި އެތަން އިއްޔެގެ ހަވީރަށް ތައްޔާރު ކުރުމަށް އެހީވި އެމްޓީސީސީ، މަލުގަނޑުގެ އިތުރު ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް ޝުކުރު އަދާ ކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ