ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކަށް ދައުވާކުރަން ޕިޖީއަށް ފޮނުވައިފި

ޚަބަރު ފަހުގެ

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އަލީ ހައިޝަމްގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހަށްޔަރުކުރި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީއަށް ފުލުހުން ފޮނުވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން އެންމެ ފަހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމްއާއި އިސްހާގު އަދި އަލީ ހައިޝަމްއެވެ.

ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ