ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 34 އަށް، މިއަދު އިތުރު 8 މިހުން

ޚަބަރު ފަހުގެ

ކުޅުދުއްފުށި ސިޓީން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ އިއްޔެގެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ އިން ފާހަގަވީ ފަރާތްތަކުގެ ތެރެއިން ނެގި ސާމްޕަލްތަކުން އިތުރު އަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 34 އަށް ވަނީ އަރާފައެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށާއި އެގޮތުން ފުލޫ އޯޕީޑީއަށް އައިސް ނުވަަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސްކޮށްގެން ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްގެންދަން ވަނީ އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ކަރަންޓީނުގައި ތިބި ފަރާތްތަކުން ވެސް އެންމެންގެ ރައްކަލަށްޓަކައި ކަރަންޓީނުގެ އުސޫލުތަކަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުމާއި ރޯގާގެ އަސަރު ހުރެގެން ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ޕޮޒިޓިވްވެ ކުޅުދުއްފުށި މިދިޔަ ހޮނިހިރު ދުވަހު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. އަދި އެ ރަށުގައި އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ވެސް ހިންގަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ