މިހާތަނަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރެވުނީ ހަނިމާދޫ އާބާދީގެ 66 އިންސައްތަ މީހުންނަށް

ހަނިމާދޫ ޚަބަރު ފަހުގެ

ކޮވިޑް ވެކްސިން މިހާތަނަށް ފުރިހަމަ ކުރެވުނީ ހަނިމާދޫގެ ވެކްސިންޖެހޭ އާބާދީގެ 66 އިންސައްތަ މީހުންނަށްކަން ހާމަވެއްޖެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިމާދޫގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވަނީ 82 އިންސައްތަ މީހުނެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް 66 އިންސައްތަ މީހުންވަނީ ފުރިހަމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމަށް ރާއްޖޭގައި މިހާރުދަނީ ވެކްސިން ޕްރޮގްރާމެއް ހިންގަމުންނެވެ.

އިއްޔެއާ ހަމައަށް ރާއްޖޭގައި 325،060 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު އުޅެނީ 274،949 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ