ވެކްސިން ނުޖަހާ މީހުން ރިލީޒް ސާމްޕަލަށް ފައިސާ ދައްކަންޖެހޭނެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު ނިމުމުން ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިން ފުރިހަމަނުވާ އަދި ބަލި އުޅޭ ރަށްރަަށުން ދަތުރުކުރާ ފަރާތްތައް ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ކަރަންޓީނު ވާންޖެހޭނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އެހެންނަމަވެސް ކަރަންޓީނުވެފައި މި ނަގާ ރިލީޒް ސާމްޕަލް ވެކްސިން ނުޖަހާ ފަރާތްތަކުން ސެޕްޓެމްބަރު 1 އިން ފެށިގެން އެބޭފުޅުން އަމިއްލަ ހަރަދުގައި ނަގަންޖެހޭނީ،” ނަޒްލާ ވިދާޅުވިއެވެ.

މީގެ މާނައަކީ ރަށްރަށަށް ކަރަންޓީނާއެކު ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުން ދޫވުމަށް ނަގާ ޓެސްޓު ސާމްޕަލްގެ ހަރަދު އަމިއްލައަށް ދައްކަން ޖެހުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަދަކީ ކިހާ އަދަދެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް އެގޮތަށް ފައިސާ ނަގަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

މީގެ ކުރިން އެގޮތަސް ނަގާ ސާމްޕަލްތަކަށް އެއްވެސް ހަރަދެއް ކަރަންޓީނުވާ ފަރާތުން ދައްކާކަށް ނުޖެހެއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި އެޗްއީއޯސީއިން ގިނަ އަދަދެއްގެ ލުއިތަކެއް އިއުލާނުކޮށްފައެވެ.

އެގޮތުން މާލޭ ސަރަހައްދުގައި އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމުގެ ހުއްދަ އަދި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަވެސް މިއަދު ވަނީ ދީފައެވެ. އަދި ހަމައެއާއެކު ރެސްޓޯރަންޓްތަކުގައި އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ ދޭން ނިންމިކަންވެސް މިއަދުވަނީ އިއުލާނުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ