ބެލެނިވެރިން ވެކްސިން ފުރިހަމަކުރިކަން ކަށަވަރުކުރަން ”ގްރީން ކާޑެއް“ ތަޢާރަފްކުރަނީ

ޚަބަރު ފަހުގެ

ސްކޫލުތަކަށް ދަރިވަރުން ބަލައި ދާ ބެލެނިވެރިންނަކީ ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައި ތިބި ބެލެނިވެރިންތޯ ކަށަވަރުކުރުމުގެ ގޮތުން ”ގްރީން ކާޑެއް“ ތަޢާރަފްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު، ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާޠިމަތު އައްޒަ ވިދާޅުވީ އޮގަސްޓު މަސް ނިމޭއިރު އެޑިއުކޭޝަނުންނާއި ސްކޫލުތަކާއި ގުޅިގެން ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކާޑެއް ތައްޔާރުކުރާނެ ކަމަށެވެ. އެ ކާޑަކީ ދަރިވަރުން ބަލާ ސްކޫލަށް ދާއިރު ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބެލޭނެހެން ތައްޔާރުކުރާ ކާޑެއް ކަމަށެެވެ.

އިޝްތިހާރު
އިޝްތިހާރު

އައްޒަ ވިދާޅުވީ އެންމެ ފަސޭހަ ގޮތަށް ކާޑު ތަޢާރަފްކުރެވޭނީ ކިހިނެއްތޯ ސުކޫލުތަކުން ބަލަމުންދާ ކަމަށެވެ.

ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނައިރު، ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަ ވެކްސިން ޕްރޮގްރާާމު މި ހަފުތާގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ