އެއްވެސް ކްރިޓިކަލް ޑާޓާއަކަށް އަސަރުކޮށްފައެއްނުވޭ: ކަސްޓަމްސް

ޚަބަރު ފަހުގެ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަރޗުއަލް މެޝިނަށް ދިމާވި މައްސަލައިގެ ސަބަބުން އެއްވެސް ކްރިޓިކަލް ޑާޓާއަކަށް އަސަރުކޮށްފައިނުވާ ކަމަށް އެމުއައްސަސާއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން އިން ވިދާޅުވީ، އެ މުއައްސަސާގެ ވަރޗުއަލް މެޝިނެއް ކްރޭޝްވުމާއި ގުޅިގެން މަސައްކަތު މާޙައުލުގައި ބޭނުންކުރާ ބައެއް ވޯކިންގ ފައިލްތައް ގެއްލިފައިވާކަމަށެވެ. އަދި ގެއްލުނު ފައިލްތައް ރިކަވަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ވަރޗުއަލް މެޝިނަށް ދިމާވި މައްސަލައިގެ ސަބަބުން ހުރިހާ އިންވެސްޓިގޭޝަން ޑާޓާތަކާއި، އޮޑިޓް ޑާޓާތަކާއި، ބޮންޑް ފީތަކާއި ޖޫރިމަނާތަކާއި އެނޫންވެސް މަޢުލޫމާތުތައް ގެއްލިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ވާހަކަތައް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަމުގެ ސަބަބުން މުއައްސަސާގެ އެއްވެސް ކްރިޓިކަލް ޑާޓާއަކަށް އަދި އެޕްލިކޭޝަން ސަރވަރއަކަށް އަސަރުކޮށްފައިނުވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ވަރޗުއަލް މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިކަމުގެ ސަބަބުން ކަސްޓަމްސްގެ އެއްވެސް އޮޕަރޭޝަނަކަށް މެދުކެނޑުމެއް އައިސްފައިނުވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ. އަދި މިކަމާގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށްވެސް ކަސްޓަމްސްއިން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ