މިއަހަރުގެ އާޝޫރާ ދުވަހަކީ އޮގަސްޓް 18 ވާ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި

ޚަބަރު ފަހުގެ

މިއަހަރުގެ އާޝޫރާ ދުވަހަކީ އޮގަސްޓް 18 ވާ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި އަމަލުކުރެވެމުންދާ އުސޫލުގެ މަތިން 1443 ވަނަ އަހަރުގެ މުހައްރަމް މަހުގެ 1 ވަނަ ދުވަހަކީ އޮގަސްޓް މަހުގެ 9 ވަނަ ދުވަސް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން މުހައްރަމް މަހުގެ 10 ވަނަ ދުވަހަކީ (އާޝޫރާ ދުވަހަކީ) އޮގަސްޓް މަހުގެ 18 ވާ ބުދަ ދުވަސްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމަކަށް ވުމުން ރޯދަ ހިފުމަށް ނަސޭހަތްތެރިވެފައެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވާ ގޮތަކީ އާޝޫރާ ދުވަހުގެ ކުރީދުވަހާއެކު ނުވަތަ އާޝޫރާ ދުވަހާއި އެ ދުވަހުގެ ފަހު ދުވަހާއެކު ރޯދަ ހިފުންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ނޯޓް: ސައުދީ އަރަބިއްޔާގެ ކަލަންޑަރު ބުނާގޮތުން މި އަހުރުގެ މުޙައްރަމް މަހުގެ 9 ވަނަ ދުވަހަކީ މި ހިނގާ އޮގަސްޓް މަހުގެ 18 ވަނަ ދުވަހެވެ. އަދި 10 ވަނަ (ޢާޝޫރާ) ދުވަހަކީ 19 ވަނަ ދުވަހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ