ބަނގުރަލާއި، އޫރު މަސް ހިމެނޭހެން ‏ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފި

ޚަބަރު ފަހުގެ

ބަނގުރަލާއި، އޫރު މަސް ހިމެނޭހެން ‏ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ އެ ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފައިވާ ކަމަށާއި، އެ ތަކެތި ނައްތާލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގައި ކ.ތިލަފުށީ ސައިޓްގައި ކަސްޓަމްސްގެ އޮފިސަރުންނާއި، މީޑިއާގެ ހާޒިރުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގޮތުން 489.16 ލީޓަރު ބަނގުރަލާއި، 9922.11 ލީޓަރު ބަނގުއާތްވާއި، 1264.68 ކިލޯގްރާމް އޫރުމަސް ނައްތާލައިފައިވާ ކަމަށެވެ.

މި ތަކެތި ނައްތައިލީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ނައްތައިލުމުގައި ކަސްޓަމްސްްއިން ޢަމަލުކުރާނެ އުސޫލުގެދަށުންކަމަށް އެ ސަރވިސްއިން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ