“ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް“ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

ޚަބަރު ފަހުގެ

”ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް“ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިލްވީނާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްރައިމް ޕްރޮޖެކްޓްގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުން ހިރާސްއަށް (ރިސްކް) ނުގޮސް ނުވަތަ ވީހާވެސް ހިރާސް (ރިސްކް) ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް ދަސްކޮށްދިނުމާ، ހަރުކަށިވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބާގައި ދީނަށް ލޯބިޖެއްސުމާ، އެހެންމީހުންނަށް އިހުތިރާމު ކުރުމާ، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނެއެވެ.

މިޕްރޮޖެކްޓުގައި ހިމެނޭ ހަރަކާތްތަކަކީ:

  • ހިރާސް(ރިސްކް)ގައިވާ ދަރިވަރުން ދެނެގަތުމަށް ހަދާ ރިސްކް އެސެސްމަންޓް އަށް އާލާތެއް ތައްޔާރުކުރުން.
  • ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުން.
  • ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުން.
  • އިތުރުހަރަކާތްތަށް ހިންގުމުގެ ތެރެއިން ދަރިވަރުން ސުލްހައަށް ލޯބިކުރަން ދަސްކޮށްދިނުން.

މި ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ