މުޅި ހަނިމާދޫން މިއަދު 2 ޖަހާއިރު ކަރަންޓް ކެނޑޭނެ

ހަނިމާދޫ ޚަބަރު ފަހުގެ

މުޅި ހަނިމާދޫން މިއަދު 2 ޖަހާއިރު ކަރަންޓް ކަނޑައިލެވޭނެކަމަށް ހަނިމާދޫގައި ކަރަންޓްގެ ހިދުމަތްދޭ ފެނަކައިން ބުނެފިއެވެ.

ހަނިމާދޫ ފެނަކައިން ބުނީ ހަނިމާދޫ ޕޮއިސް ޕްރޮޖެކްޓް ދަށުން ގާއިމްކުރާ ސޯލާ ސިސްޓަމުން އުފައްދާ ކަރަންޓް ހަނިމާދޫ އިންޖީނުގޭގައި މިހާރު ބޭނުންކުރާ ނެޓްވޯކްއާ ގުޅާލުމަށް ބޭނުންވާތީ ފޮއިސް ޕްރޮޖެކްޓް ދަށުން ބަހައްޓާ ޕެނަލްކިއުބް އާއި އެ ބްރާންޗް ގައި މިހާރު ބޭނުންކުރާ ޕެނަލްބޯޑް އާއި ގުޅާލުމަށް މިއަދު މެންދުރު 2 ޖަހާއިރު މުޅި ރަށުން ކަރަންޓް ކަނޑާލާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެމަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓް އަނބުރާ ދެވޭނެކަމަށާ ކަރަންޓް ހިދުމަތް މެދު ކެނޑޭ ވަގުތު ކުރިމަތިވާ ދަދިތަކަށް އެކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ