ޝިދާތާ އެމްއެންޕީ އަށް ސޮއިކޮށްފި

ޚަބަރު ފަހުގެ

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކޮށްފިއެވެ.

ޝިދާތާ ވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާ ކުރިން ހުންނެވި އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިދާތާ އެމްއެންޕީ އަށް ސޮއިކޮށްފައިވަނީ މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝިދާތާގެ ފޯމާ ހަވާލުވީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.

އެމްއެންޕީން ބުނީ ޝިދާތާ ފަދަ ސިޔާސީ، އިޖުތިމާއީ އަދި ހިންގުމުގެ ދާއިރާއިން ކުޅަދާނަ އަދިި ތަޖުރިބާ ހުރި ބޭފުޅަކު އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޝިދާތާއަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ. ނަމަވެސް ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރާއި ހެދި ޝިދާތާ ވަނީ އެ މަގާމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ