ލޮނު މަހުގެ ނަމުގައި ވައިގެ މަގުން ބޭރުކުރަން އުޅުނު 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި

ޚަބަރު ފަހުގެ

ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ މިއަދު އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 14 ފޮއްޓެއްގައި ރާއްޖެއިން ބޭރުކުރަން އުޅުނު އެތަކެތީގެ ބަރުދަނުގައި 243 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތި ބޭރު ކުރަން އުޅެފައި ވަނީ ލޮނު މަހުގެ ނަމުގައި ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން އަތުލައިގެން އެތަކެއްޗާ ގުޅޭ ތަހުގީގު ކުރިއަށްދާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި ނުބުނެ އެވެ

މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު، ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން 429 ކިލޯގެ މިޔަރު އުރަހަ، ރާއްޖެއިން ބޭރުކުރަން އުޅެނިކޮށްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައިގައި ދެ މީހަކަށް ވަނީ ދައުވާވެސް ކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ