މާފުށީ ޖަލަށް ގިނަ ޢަދަދެއްގެ ސާމާނު ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މާފުށީ ޖަލަށް ގިނަ ޢަދަދެއްގެ ފޯނާއި، އެއާއި ގުޅުންހުރި ތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީ ޖަލަށް ގިނަ ޢަދަދެއްގެ މަނާތަކެތި ވައްދަން އުޅޭކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން، ޖަލުގެ އޮފިސަރުންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަނާތަކެތި އަތުލައި ގަނެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވި ގޮތުގައި މާފުށީ ޖަލަށް ގިނަ ޢަދަދެއްގެ މަނާތަކެތި ވައްދަން އުޅުނު މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކުރީ ޖަލުގެ އޭރިއާގެތެރެއިން ކަމަށާއި، އޭނާ އުޅުނީ އަތުލައިގަތް ތަކެތި ޖަލަށް ސްމަގުލްކުރަން ކަމަށް ޙަމީދު ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ އަތުލައިގަތް ތަކެތީގެތެރޭގައި، 50 ސްމާޓް ފޯނާއި، އާދައިގެ 42 ފޯނާއި، 109 ޗާޖަރާއި، 77 ޔޫއެސްބީ ކޭބަލާއި، ދިރާގު 49 ސިމް ކާޑާއި، އުރީދޫގެ 12 ސިމްކާޑާއި، 65 ހެޑްސެޓާއި، ދެ ކަޓަރު ތިލަ ޕެކެޓާއި، 10 އިރާކް ސްޓިކާއި އެހެނިހެން ތަކެތި ވެސް ހިމެނޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ