ފްލައިޓު ހައިޖެކް ކުރާނެ ކަމަށް ބުނި މީހާ ހައްޔަރު ކޮށްފި

ޚަބަރު ފަހުގެ

ފްލައިޓް ހައިޖެކް ކުރާނެ ކަމަށް ބުނި މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ، މީހަކު އިންޒާރު ދިން މައްސަލައެއް ފެންމަތިވީ ރޭގައެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 20:50 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުންނެއެވެ.

ފްލައިޓް ހައިޖެކް ކުރާނެ ކަމަށް އެމީހާ އިންޒާރު ދިނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ