ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރުމުގެ ހުއްދަ 28 ރަށަކަށް

ޚަބަރު ފަހުގެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށަކަށް ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފި އެވެ.

ވެކްސިން ޖެހުމުގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާ ނުލާ ދަތުރު ކުރެވޭނެ ގޮތަށް އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. މި އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އާބާދީގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރައްތަކުގެ ތެރޭގައި މިވަގުތާއި ހަމައަށް 28 ރަށެއް ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެރަށްތަކަކީ، ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ، ހދ. ނެއްލައިދޫ، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އަލިފުށި، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ދޮންފަން، ބ. ކިހާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ކަމަދޫ، އއ. މަތިވެރި، އދ. ދިގުރަށް، އދ. ފެންފުށި، އދ. ދިއްދޫ، ވ. ރަކީދޫ، ވ. ފުލިދޫ، ފ. މަގޫދޫ، ފ. ދަރަންބޫދޫ، ފ. ފީއަލި، ލ. ހިތަދޫ، ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެއާ ހަމައަށް ރާއްޖޭގައި 383،620 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 302،182 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ