ހަނިމާދޫ ކައުންސިލުން ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދަން ކަންމަތީ ޖަލުސާތައް ބާއްވަން ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދަން ކަންމަތީ ޖަލުސާތައް ބާއްވަން ފަށައިފިއެވެ. މި ޖަލުސާތައް ބާއްވަނީ ރަށް ބައިބަޔަށް ބަހާލުމަށް ފަހުއެވެ.

މިގޮތުން ބޭއްވުނު ފުރަތަމަ ބައްދަލުވުން ރޭ ފާށަނާ މަގު ދެކުނު ސަރަހަދުގައި ދިރިއުޅޭ ރައްޔިތުންނަށްވަނީ ބާއްވާފައެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އަރާމަގު، ރަހްމާނީހިޔާ ގެދޮށުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިފަދަ ޖަލުސާތަކެއް ބޭއްވުމުގެ ބޭނުމަކީ ހަނިމާދޫގައި ހުރި އިޖްތިމާއީ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި ހަނިމާދޫ ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ކަންކަމުގެ ހައްލު ހޯދުން ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ހަނިމާދޫ ކައުންސިލުން މައުލޫމާތު ދޭގޮތުގައި މިފަދަ ބައްދަލުވުން އަދިވެސް ކުރިއަށް ދާނެކަމަށާ އެގޮތުން ޖަލުސާ ހާއްސަ ކުރެވޭ ސަރަހައްދާއި ޖަލުސާ އޮނަނަ ތަން، އަދި ދުވަސް ކުރިޔަލާ ރައްޔިތުންނަށް އަންގާނެ ކަމަށެވެ.

ފޮޓޯ: ހަނިމާދޫ ކައުންސިލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ