ށ. ފުނަދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުން ބުނީ ފުނަދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވުމާއިގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
ކޮވިޑް ކޭސް އެއް ފުނަދޫން ފެނިފައިވާތީ ފުނަދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތު ކޮންޓެކް ޓްރޭސިންގެ މަސައްކަތް ނިމެންދެން ޒަރޫރީ ބޭނުންތަކަށް މެނުވީ ގެއިންބޭރަށް ނުދިއުމަށާއި، އަދި ޒަރޫރީ ބޭނުންތަކުގައި ގެއިންބޭރަށް ދާނަމަވެސް ރަނގަޅަށް މާސްކު އެޅުއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަމާއި ގުޅޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.
ފުނަދޫގައި މިދުވަސްވަރު ވައިރަލް ރޯގާއެއް ވެސް ވަރަށް ހަލުވި ކަމާއިއެކު ފެތުރެމުން އަންނާތީ އާއި އަތޮޅުތެރޭގައި ކޮވިޑް އުޅޭތީ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ފުލޫ ކުލިނިކަށް ދެއްކުމަށް ފުނަދޫ އަތޮޅު ހޮސްޕިޓަލުންވަނީ އިލްތިމާސް ކޮށްފައެވެ.