ލޯންޗަކުން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ޚަބަރު ފަހުގެ

އދ އަތޮޅުގައި ހުރި ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރި ފަތުރުވެރިއެއް މޫދުގައި އޮއްވާ، ‘އައިކޮމް ގްރީން’ ނަމަކަށް ކިޔާ ލޯންޗަކުން ޖެހި މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ބެހޭގޮތުން އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ 10 ޖަނަވަރީ، ހެނދުނު 10 ޖަހާކަންހާއިރު ކަަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އޭނާ މޫދަށް އެރި އުޅުނީ ‘ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް’ގެ ބޭރަށް ކަމަށެވެ. ނަމަވެސް އޭނާ އަކީ އެ ރިސޯޓަށް އައި ފަތުރުވެރިއެއް ކަމެއް ފުލުހުންނެއް ނުބުނެ އެވެ.

މި ހާދިސާގައި މަރުވީ އާޖެންޓީނާއަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ