ސަފާރީއަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދަނީ

ޚަބަރު ފަހުގެ

އދ. އަތޮޅު ރިސޯޓެއް ކައިރީ އޮތް ސަފާރީއަކުން މޫދަށް ވެއްޓުނު ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ނ. ހޮޅުދޫ ސީވީޑް އަލީ އަރުޝަދު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ ރޭގެ ވަގުތެއްގައި ޑެކް މަތީގައި ހުއްޓާ މީހާ ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީން ފެނިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި އޭނާ ކަނޑަށް ވެއްޓިފައި ވަނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް “ނޯތު 07” ސަފާރީންނެވެ.

އެމެންޑީއެފް އިން ވިދާޅުވީ ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަރުރުކުރަމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ