ރިޔާސީ އިންތިހާބު ބޭއްވޭނީ ޔާމީން ހިމަނައިގެން، އެނޫން ގޮތެއް ނެތް: ޖަމީލު

ޚަބަރު ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވޭނީ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހިމަނައިގެން ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އަދި ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ. އެ ހުކުމް ތަންފީޒުކޮށް ނިމޭނީ 2024 ވަނަ އަހަރަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ.

އިޝްތިހާރު
އިޝްތިހާރު

ޔާމީނަށް ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާ އިރު، އެމައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ، ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ އަދުލުވެރިކަމާއެކު ހިނގާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

”ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން. އެނޫން އެއްވެސް ގޮތެއް ނޯންނާނެ. އެ ލިސްޓުގައި ޕީޕީއެމުން އެކަކަށްވެސް ދޭކަށްވެސް ތިނަކަށްވެސް 100 އަށްވެސް އޮންނާނީ ރައީސް ޔާމީންގެ ނަންފުޅު،“ ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަދާވާތްތެރިން ކިތަންމެ ބޭނުންވިޔަސް، އައްޑޫގަ އާއި މާލެ ސަރަހައްދުގައި ބުރިޖު އަޅާނީވެސް އަދި ފުލެޓުތަކާއި ޔުނިވާސިޓީތައް އަޅާނީވެސް އަދި އެއާޕޯޓުތައް ތަރައްގީކުރާނީވެސް 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން، ރައީސް ޔާމީންގެ ރިޔާސަތުގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ