ސިޔާސީ މަންފާއަށްޓަކައި އިމްރާން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ: ޝިޔާމް

ޚަބަރު ފަހުގެ ސިޔާސީ

ސިޔާސީ މަންފާއަށްޓަކައި ހޯމް މިނިސްޓަރު އިމްރާން ކޮންމެފަދަކަމެއް ވެސް ކުރައްވައިފާނެކަމަށް، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ރައީސް އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ކުރިޔަށް ގެންޔދިޔަ ”އައްޑަނަ“ ޖަލްސާގައި ވާހަކަދައްވަމުން ޝިޔާމް ވިދާޅުވީ، މިއަދުގެ ހުކުރު ޚުޠުބާ އަޑުއެެއްސެވިއިރު، އޭގައި ސިޔާސީ ކުލަޖެހިފައިވާ ކަމަށާއި، ސަރުކާރުގެ މޫނުމަތި ރީތިކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވުނު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިޔާމް ވިދާޅުވީ ހުކުރު ޚުޠުބާ ނެރެނީ ދައުލަތުގެ ވުޒާރާއަކުން ކަމަށާއި، އެ ވުޒާރާގެ މިނިސްޓަރަކަށް ހުންނެވީ ޢަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

”ޢަދާލަތު ޕާޓީގެ ރައީސްއަކީ މިއަދު ޝައިޚް އިމްރާން. ޝައިޚް އިމްރާނަކީ ކާކުކަން މިއަދު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި ކޮންމެފަަދަކަމެއް ވެސް ޝައިޚް އިމްރާން ކޮށްފާނެ.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހިން ނުލިބިގެން، ދިވެހިން ކަންނެތްވެގެން ބިދޭސީން ވަޒީފާތަކަށް ނިކުންނަ ވާހަކައާއި، ރާއްޖޭގައި ސަލާންޖަހާ މީހުންނަކީ މަކަރާއި ހީލަތުން ސަލާންޖަހާ ބައެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ރާއްޖެ ގެނެސްފަ އޮތް ހާލަތު ޚުޠުބާގައި ބަޔާންކުރަން ނުކެރުނުކަމަށާއި، އާމްދަނީ ހޯދަން ހުރި މަގުތައް ބަންދުވުމުގެ ސިއްރަކީ ކޮބައިކަމެއް ވެސް ޚުޠުބާގައި ބަޔާންކުރަން ނުކެރުނުކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ