ގްރޭޑް 10 ގެ އިސްލާމް ފޮތުގައި ވެސް ގުރުއާނުގެ އާޔަތެއް ނުބައިކޮށް

ޚަބަރު ފަހުގެ

ގްރޭޑް 10 ގެ އިސްލާމް ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތް މައްސަލައެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ފެންމަތި ކުރައްވައިފިއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްރޭޑް 10 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަލްމާއިދާގެ ތިންވަނަ އާޔަތް ވަނީ ނުބައިކޮށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަހީމް ވަނީ ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވަނީ ނުބައިކޮށް އޮތްކަން ވެސް ސަމާލުކަމަށް ގެނެސްފައެވެ. އަދި ‏ޤުރުއާން ފޮތް ގްރޭޑް 02، ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު ( كلا ) އުނިވެފައިވާކަން ވެސް ސަމާލުކަމަށް ގެނެސްފައެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް ފާހަގަކުރެވި އެކަން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.

ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ނުބައިކޮށް އޮތީ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެންނެވެ. އެ ހިސާބާ ގުޅިފައި އޮތީ ނާޒިއާތް ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތާ ހިސާބަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ފޮތް ތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެއްކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ